tenders.watch
Closed Water

Seeking a supplier to provide HDPE black pipes

Agency
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
Market
Maldives
Reference
H/IUL/2026/150
Category
ގަންނަން ބޭނުންވާ ތަކެތި
Published
9 Sep 2026
Closes
16 Sep 2026, 05:59 add to calendar

Description

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް މާލެ' ދިވެހިރާއްޖެ ނަންބަރ: H/IUL/2026/150 އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު މި ކުންފުނީގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ އައިޓަމް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. Item Description Qty 1 HDPE Black PE Pipe – 25mm, 1.8, SDR17, PN10, L=100m 100 މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2026 ވާ (ބުދަ) ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކެވެ. އަދި މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ . މި މަސައްކަތަށް ހުށަހެޅޭ ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު: އަގަށް: 85 ޕޮއިންޓް ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 85 މުއްދަތު: 10 ޕޮއިންޓް ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 10 ތަކެތީގެ ފެންވަރު: 05 ޕޮއިންޓް - ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ. - މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ. ހެޑް އޮފް ޕްރޮކިއުމަންޓް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިޢުލާން ނަންބަރު:H/IUL/2026/150 ބިޑް ހުޅުވުން: ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 22 ސެޕްޓެންބަރު 2026 ވާ (އަންގާރަ) ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑްއޮފީސް، 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ. 27 ރަބީޢުލްއައްވަލް 1448 08 ސެޕްޓްންބަރު 2026 ނޯޓް: މި އިއުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސީހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބު ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338124 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 1 week ago. When this source last ran.