Closed
Water
For the procurement of chemicals and consumables required for analyses conducted to determine the safety and quality of food, water and beverage products.
- Agency
- މިނިސްޓްރީ އޮފް ހެލްތު
- Market
- Maldives
- Reference
- (IUL)23-PD(PMS)/23/2026/206
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 11 Jul 2026
- Closes
- 20 Jul 2026, 08:00 add to calendar
Description
އިޢުލާން ކާބޯތަކެއްޗާއި ފެނާއި ބޭހުގެ ބާވަތްތަކުގެ ރައްކާތެރިކަމާއި ފެންވަރު ދެނެގަތުމަށް ކުރެވޭ ތަހުލީލުތަކަށް ބޭނުންވާ ކެމިކަލް އާއި ކޮންސިއުމަބަލްސް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ: (IUL)23-PD(PMS)/23/2026/120 (09 ޖޫން 2026) އާ ގުޅިގެން، ބީލަން ހުށަހަޅާފައިވަނީ އަގު ހުށަހަޅާ ތާވަލްގެ 2.4 އަދި 2.8 އަށެވެ. އެހެންކަމުން، މި ލިސްޓުގައި ހިމެނޭ އެހެނިހެން ތަކެއްޗަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، އަލުން މިމަސައްކަތަށް ޝައުގު ވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 ޖުލައި 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ޖޫން 2026 ވާ ބުދަ ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 25 މުޙައްރަމް 1448ހ.
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 week ago. When this source last ran.