tenders.watch
Closed Health

Procurement of Equipment / Machinery Required for the Biomedical Engineering Department of IGM Hospital

Agency
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
Market
Maldives
Reference
137-IU/PR/2026/132
Category
ގަންނަން ބޭނުންވާ ތަކެތި
Published
3 Sep 2026
Closes
14 Sep 2026, 06:00 add to calendar

Description

ބީލަން ހުށަހެޅުމުގެ ދައުވަތު އިޢުލާން ނަމްބަރ: 137-IU/PR/2026/132 ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-34 ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލުގެ ބަޔޯމެޑިކަލް އިންޖިނިއަރިންގ ޑިޕާޓްމެންޓަށް ބޭނުންވާ އިކްއިޕްމެންޓް / މެޝިނަރީ ހޯދުން އައި.ޖީ.އެމް. ހޮސްޕިޓަލުގެ ބަޔޯމެޑިކަލް އިންޖިނިއަރިންގ ޑިޕާޓްމެންޓަށް ބޭނުންވާ އިކްއިޕްމެންޓް / މެޝިނަރީ ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ 137-IU/PR/2026/90 އިއުލާނަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ އަގު އެސްޓިމޭޓް ކޮށްފައިވާ އަގަށްވުރެ ބޮޑުކަމަށްވާތީ، އެއިއުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ސަޕްލައިކުރުމަށް ބޭނުންވާ ތަކެތީގެ ރިކުއާރމެންޓްސް އަދި ބޭނުންވާ އަދަދު މިއިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މަސައްކަތްތަކާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ. ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަންވާނެއެވެ. އިވެލުއޭޓްކުރާނީ ހުރިހާ އައިޓަމް އެއްކޮންނެވެ. އޮޕްޝަން / އޮފަރ ގެ ގޮތުގައި ހުށަހެޅޭނީ ގިނަވެގެން 02 އޮޕްޝަން / އޮފަރ އެވެ. ކޯޓޭޝަން ހުށަހަޅާއިރު އިއުލާންގައި ބަޔާންކޮށްފައިވާ އައިޓަމްގެ އަދަދަށް އަގު ހުށެހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އިގޭނެ މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް ސްޓޭންޑަރޑް ވޮރެންޓީ އެއް ދޭންވާނެއެވެ. ސަޕްލައިކުރުމަށް ކޯޓޭޝަންގައިވާ ހުށަހަޅާފައިވާ މެޝިން އިންސްޓޯލް ކުރުމާއެކު މިމެޝިން ބޭނުންވާ އެޕްލިކޭޝަން ޓްރޭނިންގ އަދި ބަޔޯމެޑިކަލް ޓްރޭނިންގ ދޭންވާނެއެވެ. ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ. ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ. މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު މި މުއައްސަސާއަށް ލިބިގެންވެއެވެ. ހުށަހަޅަންޖެހޭ ތަކެތި ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް ) މެޑިކަލް މެޝިނަރީ / އިކްއިޕްމަންޓް ފަދަ ތަކެތި ސަޕްލައިކުރުމުގެ( މަސައްކަތްތައް ނިންމާފައިވާކަމުގެ މަދުވެގެން 1 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ. އަގު ހުށަހަޅާފައިވާ ފަރާތްތަކަށް މާރކްސް ދެވޭނެ އުސޫލު. # ކެޓެގަރީ މާރކްސް މާރކްސް ދެވޭ އުސޫލު 1 އަގު 70 އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 2 މުއްދަތު 30 އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަކަށް ބީލަން ހުށަހަޅާނެގޮތް ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް އަ އި.ޖީ.އެމް. ހޮސްޕިޓަލުގެ ބަޔޯމެޑިކަލް އިންޖިނިއަރިންގ ޑިޕާޓްމެންޓަށް ބޭނުންވާ އިކްއިޕްމެންޓް / މެޝިނަރީ ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ. ބީލަން ހުށަހެޅުން ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 14 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ. އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން. 2- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 3- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން) 4- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން. މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. ނޯޓު: ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ. https://www.igmh.gov.mv/publications/tenders/ 2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ ފޯނު: +960 3335349 ، +960 3335254 އީމެއިލް [email protected] ކޮޕީ: [email protected] [email protected]

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 1 week ago. When this source last ran.