Closed
Water
For the procurement of chemicals and consumables required for analyses conducted to determine the safety and quality of food, water and beverage products.
- Agency
- މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
- Market
- Maldives
- Reference
- (IUL)23-PD(PMS)/23/2026/120
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 9 Jun 2026
- Closes
- 22 Jun 2026, 08:00 add to calendar
Description
އިޢުލާން ކާބޯތަކެއްޗާއި ފެނާއި ބޭހުގެ ބާވަތްތަކުގެ ރައްކާތެރިކަމާއި ފެންވަރު ދެނެގަތުމަށް ކުރެވޭ ތަހުލީލުތަކަށް ބޭނުންވާ ކެމިކަލްއާއި ކޮންސިއުމަބަލްސް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 9 ޖޫން 2026 ވާ އަންގާރަ ދުވަހުން ފެށިގެން 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ޖޫން 2026 ވާ ބުދަ ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 23 ޛުލްޙިއްޖާ 1447ހ
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 week ago. When this source last ran.