tenders.watch
Closed Ict

Regarding the purchase of 250 computer systems for this company:

Agency
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
Market
Maldives
Reference
FNK-I/IUL/2026/130
Category
ގަންނަން ބޭނުންވާ ތަކެތި
Published
20 Aug 2026
Closes
30 Aug 2026, 10:00 add to calendar

Description

އިޢުލާން ނަންބަރު:FNK-I/IUL/2026/130 އިޢުލާން މި ކުންފުންޏަށް 250 ކޮމްޕިއުޓަރ ސިސްޓަމް ގަތުމާއިގުޅޭ: މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް (ދުއިސައްތަ ފަންސާސް) ކޮޕްފިއުޓަރ ސިސްޓަމް މިކުންފުންޏަށް ބޭނުންވެއެވެ. މި މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ތާރީޚް ވަގުތު ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން 20 އިން 30 އޮގަސްޓް 2026 08:00 އިން 15:00 މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) 27 އޮގަސްޓް 2026 15:00 މެންދުރު އަންދާސީ ހިސާބު ހުށަހެޅުން 31 އޮގަސްޓް 2026 11:00 ހެނދުނު ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ. - އިޢުލާން ނަންބަރ - ކުންފުނީގެ ނަން - ނަމާއި ފޯނު ނަންބަރ - އީ.މެއިލް އައިޑީ މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ. ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 1 week ago. When this source last ran.